އިންޑިޔާގެ ކޮލެޖެއްގައި ކިޔަވާ ކުދިންގެ ތެރެއިން ބުރުގާ އަޅާ ކުދިން ކުލާހަށް ނުވައްދާ ގޮތަށް ނިންމައިފިއެވެ.
އިންޑިއާގެ ކަރުނާޓަކާގައި ހުންނަ ސަރުކާރު ކޮލެޖެއްގައި، ބުރުގާ އަޅާ މުސްލިމު އަންހެން ދަރިވަރުން ކުލާހަށް ނުވައްދަން ނިންމާފައިވަނީ މިދިޔަ އަހަރު ޑިސެންބަރ މަހުގައެވެ. އެހެންކަމުން އެކޮލެޖުން ތައުލީމް ހާސިލްކުރަމުން އަންނަ ބުރުގާ އަޅާ އަންހެން ދަރިވަރުން ކިޔަވަން ތިބެން ޖެހެނީ ކޮލެޖުގެ އެކި ހިސާބުތަކުގައި ކުލާހުން ބޭރުގައެވެ. އޭގެ ސަބަބުން އެކުދިންނަށް ފިލާވަޅުތައް ގެއްލި ކިޔެވުމަށް އަސަރު ކުރަމުންދާކަމަށް ކުދިންނާއި ބެލެނެވެރިން ދަނީ ޝަކުވާ ކުރަމުންނެވެ.
200 އަށްވުރެ ގިނަ މުސްލިމް ދަރިވަރުން ކިޔަވަމުން އަންނަ ކޮލެޖަކުން މިފަދަ ނިންމުމެއް ނިންމުމުން ބެލެނެވެރިން ދަނީ ސްކޫލަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ. އެހެންނަމަވެސް އެކޮލެޖުގެ ޕްރިންސިޕަލް ވިދާޅުވެފައިވަނީ ސްކޫލުގެ ޔުނީފޯމް ލައިގެން ނޫނީ ކުލާހަށް ނުވަދެވޭނެ ކަމަށެވެ.
ކުލާހުން ބޭރަށް ދިއުމަށާއި ނުނިކުންނަންޏާ ކޮއްޕާފައި ނެރޭނަމޭ ބުނެ ބައެއް ޓީޗަރުން މުސްލިމު ކުދިންނަށް ބިރު ދައްކާ ކަމަށް އެކުދިން ބުނެފައި ވެއެވެ.

