ރާއްޖޭގެ ސްކޫލްތަކުގެ ޓީޗަރުންނަށް ހިލޭ ކޯސްތަކެއް އެޑިއުކޭޝަން މިނިސްޓްރީން ތައާރަފްކޮށްދީފިއެވެ.
އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި މިކޯސްތައް އިފްތިތާހް ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީއެވެ.
މިއީ އިނގެރޭސިވިލާތުގެ ގައިޑް އެޑިޔުކޭޝަނާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ރާވާ ހިންގާ ކޯސްތަކެކެވެ. މިކޯސްތައް ހިންގުމުގެ މަޤްސަދަކީ ޓީޗަރުންނަށް އިތުރު ތަމްރީނާއި ކުރިއެރުން ހޯދައިދިނުމެވެ.
ގައިޑް އެޑިޔުކޭޝަނަކީ އޮންލައިންކޮށް މުދައްރިސުން ތަމްރީނު ކުރުމަށްޓަކައި، ޑިޖިޓަލް ގިނަ ވަޞީލަތްތަކެއް އެއް ޕްލެޓްފޯމަކުން ލިބޭގޮތަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ. ޕްރޮފެޝަނަލް ޑިވެލެޕްމަންޓަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ގިނަ އަދަދެއްގެ އޮންލައިން ކޯސްތަކުގައި ހިލޭ ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ޕްރިންސިޕަލުންނާއި މުދައްރިސުންނަށް ލިބިގެންދާނެއެވެ.

