މިއަދުވެސް ރާއްޖެއިން ރެކޯޑު އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޖުމްލަ 2484 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެގޮތުން މާލެއިން މިއަދު 1268 މީހަކު ކޮވިޑަށް ވަނީ ފައްސިވެފައެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 728 މީހުން ކޮވިޑަށް ފައްސިވެފައިވާއިރު، ރިސޯޓުތަކުން ޖުމްލަ 81 މީހަކު ވަނީ ފައްސިވެފައެވެ.
މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓު ކޮށްފައިވަނީ 7536 މީހުންނެވެ. މިފަހަކަށް އައިސް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުމިވަނީ އަނެއްކާވެސް އިތުރުވެފައެވެ. އެގޮތުން ބަލިން ފަސޭހަ ނުވާ މީހުންގެ އަދަދު 14636 އަށް އަރައެވެ.
ރާއްޖެއިން މިހާތަނަށް ޖުމްލަ 117،461 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ ޖުމްލަ 102،542 މީހުންނެވެ. ކޮވިޑް-19 އަށް ފަރުވާހޯދަމުން ދަނިކޮށް ރާއްޖެއިން މިހާތަނަށް 270 މީހަކު ވަނީ ނިޔާވެފައިވާއިރު، މިވަގުތު 47 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މިއީ މިހާތަނަށް ރާއްޖޭން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ފަހަރެވެ. މީގެ ކުރިން އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ އިއްޔެއެވެ. އެއީ 2،349 މީހެކެވެ.

