ކޮވިޑް ބަލީގައި ފަރުވާހޯދަމުންދަނިކޮށް ގއ މާމެންދޫއަށް ނިސްބަތްވާ ޒުވާން އަންހެނަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ރޭ ދަންވަރުގެ ވަގުތެއްގައި ނިޔާވެފައިވަނީ އުމުރުން 25 އަހަރުގެ ޒުވާން އަންހެނެކެވެ.
މިއަންހެން މީހާއާއެކު ކޮވިޑްބަލީގައި ރާއްޖެއިން ނިޔާވެފައިވާ މީހުންގެ އަދަދު މިވަނި 266 އަށް އަރާފައެވެ.
މިކަމާ ގުޅިގެން އެޗްޕީއޭއިން މިހާތަނަށް އެއްވެސް މައުލޫމާތެއް ދީފައިނުވެއެވެ.

