ގދ.ތިނަދޫ އިން ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅު ތަކަށް ބޮޑު ލުޔެއް ދިނުމަށް އީއޯސީ އިން ނިންމައިފިއެވެ.
އެގޮތުން މާދަމާއިން ފެށިގެން ފަތިހު ހަތަރަކުން ހަވީރު ހަތަރެއް ޖެހަންދެން ހުއްދައަކާއި ނުލާ އާންމުންނަށް ބޭރު ތެރޭގައި އުޅޭވެނެ ގޮތަށް އިއޯސީއިން ވަނީ ނިންމާފައެވެ. އަދި ހަވީރު ހަތަރަކުން ފެށިގެން ފަތިހު ހަތަރަކާއި ދެމެދު ކާފިއު ހިންގާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލު ގެ ރައީސް ވިދާޅުވީ، އާންމުން ބޭރަށް ނުކުމެ އުޅޭ ވަގުތަށް ލުއި ދިން ނަމަވެސް، ފިހާރަ އަދި ހޮޓާ ފަދަ ތަންތަން މިހާރު ވެސް ހިނގަމުންދާ އުސޫލުން އަމަލު ކުރެވޭނެ ކަމަށެވެ.
ތިނަދޫ އިން އިއްޔެވެސް ވަނީ 7 ފަރާތެއް ކޮވިޑަށް ފައްސިވެފައެވެ. އަދި އެ އަދަދާއި އެކު ތިނަދޫގައި މިވަގުތު އެކްޓިވް ކޭސް ގެ އަދަދަކީ 142 އެވެ. ތިނަދޫ ހާލާތު މަޑު މަޑު ރަނގަޅުވަމުން އަންނަކަމަށް ކަމާއި ގުޅުން ހުރި ފަރާތްތަކުން ވިދާޅުވާއިރު، ރަށުގެ ޕްޒިޓިވް ރޭޓް ވަނީ 10 ޕަސެންޓުގައި ހިފެއްޓިފައި ކަމަށްވެސް ހޮސްޕިޓަލުން މައުލޫތު ދެއްވައެވެ.

