ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ކާނަލް މުހައްމަދު ނާޒިމްގެ ގެކޮޅުން ފިސްތޯލައެއް ފެނުނު ހާދިސާއަކީ ރައީސް ޔާމީން، ނާޒިމަށް ދެއްވި “ލަނޑެއް” ކަމަށާއި އެކަން މިހާރު ސާފުވާކަމަށް ނާޒިމްގެ ކޮއްކޯފުޅު އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ “ފަށާއިރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މި ހާދިސާ ހިނގާ ދިޔައިރު އޭނާ ހުންނެވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ކަމަށާއި، އޭރު މިއީ ކިހާވަރެއްގެ ކަމެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެެވެ. ނަމަވެސް ފަހުން ހިނގައިދިޔަ ކަންކަމުގެ ސަބަބުން މިކަމުގެ ފަހަތުގައިވާ ހަގީގަތްތައް އެނގިފައި ވާކަމަށް އާޒިމް ވިދާޅުވިއެވެ. ނަމަވެސް ފަހުން ހިނގައިދިޔަ ކަންކަމުން، މިކަމުގެ ފަހަތުގައިވާ ހަގީގަތްތައް އެނގިވަޑައިގަތް ކަމަށާއި އެހެންކަމުން އޭރު އެންމެ ބޮޑު އަމާޒަކަށް ވެގެންދިއައީ ކޮންމެ ގޮތެއް ހަދާފައިވެސް ނާޒިމް މިނިވަންކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ނާޒިމް ހައްޔަރު ކުރި ހިސާބުން، އެއީ އިންސާފުވެރިކޮށް ހިނގަމުންދާ ކަމެއް ނޫންކަން ގަބޫލު ކުރެއްވުނު ކަމަށާއި، ނާޒިމް އެފަދަ ކަމެއް ނުކުރައްވާނެކަން އެނގިވަޑައިގަންނަވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އެގޮތުން ސިޔާސީ ކަންކަމަށް ވަދެވަޑައިގަންނަވަން ޖެހުނު މައިގަނޑު ސަބަބަކީވެސް އެ ހާދިސާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ނާޒިމް ހައްޔަރު ކުރި ހިސާބުން، އެއީ އިންސާފުވެރިކޮށް ހިނގަމުންދާ ކަމެއް ނޫންކަން ގަބޫލު ކުރެއްވުނުކަ މަށާއި، ނާޒިމް ކުރައްވާނެ ކަންކަމާއި ނުކުރައްވާނެ ކަންކަން އޭނާއަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މި ހާދިސާގެ ހަގީގަތް އެނގުމުން ކޮންމެ ގޮތެއް ހަދާފައިވެސް ނާޒިމް މިނިވަން ކުރުމަށް އޭރު އަޒުމު ކަނޑައެޅުއްވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިމްއަށް އެވަރުގެ ބޮޑު އަނިޔާއެއް ރައީސް ޔާމީނު ދެއްވިއިރު، ނާޒިމްގެ ކަންކަމުގައި ނޫޅުއްވުމަށްވެސް އާޒިމްއަށް ރައީސް ޔާމީނު އޭރު އެންގެވިކަމަށާއި ކޯޓުތަކާއި ސަރުކާރަކީ ވަކި ދެ ތަނެއްކަން އޭރު ރައީސް ޔާމީނު އަރިހުގައިވެސް ދަންނަވާފައިވާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

