ރާއްޖެއިން މިހާތަނަށް 11 ރަށަކުން 74 މީހަކު ކޮވިޑްގެ އައު ވޭރިއަންޓް އޮމިކްރޮން އަށް ފައްސިވެފައިވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވަމުންދާރީ ނޫސްވެރިންނާ ބައްދަލު ކުރައްވަމުން އެޗްއީއޯސީގެ އެޕިޑެމިއޮލޮޖިސްޓް، ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ރާއްޖެ އިން ބޭރަށް ފޮނުވި 1،796 ފައްސި ސުންކުގެ ތެރެއިން 74 ވޭދަނައަކީ އޮމިކްރޮން ކަމަށެވެ.
އެންމެ ފަހުން 11 ޖެނުއަރީގައި ފޮނުވި 100 ފައްސި ސުންކުތަކުގެ ތެރެއިން 51 ސުންކު ވަނީ އޮމިކްރޮން އަށް ފައްސިވެފައި. އަފްޒަލް ވިދާޅުވިއެވެ.
އެކަމުން އެނގިގެން ދަނީ އޮމިކްރޮން ފެތުރިގެންދާ މިންވަރު ހަލުވިކަމާއި، އެހެން ނަމަވެސް ސްޓްރެިންތައް އޯވަޓޭކްކުރަމުންދާ ތަން ކަމުގައި އަފްޒަލް ވިދާޅުވިއެވެ.
އޮމިކްރޮން ވޭދަނަތައް މިހާތަނަށް ފެނިފައިވާ ރަށްތަކަކީ މާލެ އާއި ކ. މާފުއްޓާއި ދ. ކުޑަހުވަދޫ އާއި އައްޑޫ ސިޓީ އާއި ލ. ގަމާއި ލ. މުންޑޫ އާއި ލ. އިސްދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ފ. މަގޫދޫ،ގެ އިތުރުން ކ. ތުލުސްދޫ ހިމެނެއެވެ.

