ގިނަ އަދަދެއްގެ ކޮވިޑް ކޭސްތަކެއް ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އިތުރުވެ ތިނަދޫ މޮނިޓަރިންގ ހާލާތަށް ގެނެސް ފިއެވެ.
ތިނަދޫ މޮނިޓަރިންގް ހާލަތަށް ގެނެވުނުއިރު، ފާއިތުވީ 24 ގަޑިއިރުގައި ކޮވިޑް-19 އަށް 50 މީހުން ވަނީ ފައްސިވެފަވެ.
ތިނަ މޮނީޓަރިންގ ހާލަތަށް ގެނެވުނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން، މޮނީޓަރިންގ ހާލަތަށް ގެނެވިފައިވާ ރަށްތަކުގެގެ ލިސްޓަށް މިހާރު ތިނަދޫ ވަނީ އިތުރުކޮށްފައެވެ.
ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެސްފައިމިވަނީ ތިނަދޫ އިން ގިނަ އަދަދަކަށް ކޮވިޑް-19 އަށް މީހުން ފައްސިވުމާއި ގުޅިގެންނެވެ. ތިނަދޫއިން ފާއިތުވީ 24 ގަޑިއިރުތެރޭގައި 50 މީހުން ކޮވިޑަށް ފައްސިވެ އެކްޓިވް ކޭސްގެ އަދަދު 118 އަށް ވަނީ އަރާފައެވެ.

