ތިނަދޫގައި ކޮވިޑްގެ ހާލަތު ގޯސްވެ އެރަށް މޮނިޓަރިންގ އަށް ލާފައިވުމުން ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވަ ބަލިމީހުންނަށް ޒިޔާރަތްކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
ޑރ އޭއެސްއެމްއެޗުން ވިދާޅުވީ، ބަލިމީހުންނަށް ޒިޔާރަތްކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ ބަލިމީހުންނަށް ގޮވާލަން ދިއުމާއި ވިހައިގެން ތިބޭ މީހުންނަށް ޒިޔާރަތް ކުރުމަކީ އެމީހުން ކޮވިޑް-19 އަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަކަށްވާތީއެވެ.
ތިނަދޫއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 50 މީހަކު ކޮވިޑަށް ފައްސިވެ އެކްޓިވް ކޭސްގެ އަދަދުވަނީ 118 އަށް އަރާފައެވެ. ތިނަދޫއިން މިހާތަނަށް ޖުމްލަ 1313 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 1190 މީހުންނެވެ.
ތިނަދޫގެ އިތުރުން މަޑަވެލި، ހޯނޑެއްދޫ ފިޔޯރީ އަދި ގައްދޫއިންވެސް ވަނީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައެވެ.

