އަންނަ ފެބްރުއަރީ މަހު 3 ވާ ބުރާސްފަތި ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އޮފީހުން ކަނޑައަޅައިފިއެވެ.
2022 ވަނަ އަހަރުގެ މަޖިލިސް ހުޅުވުމށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން އެޖެންޑާކޮށްފައިވަނީ އަންނަ މަހު 3 ވަނަ ދުވަހު ހެދުނު 9:00 އަށެވެ. ކޮންމެ އަހަރެއްގައިވެސް ރައްޔިތުންގެ މަޖުލިސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެކެވެ.
އެހެންކަމުން ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހަށް ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އޮފީހުގެ ނަންބަރު 2019/4 ގެ ދަށުންވަނީ ހަމަޖައްސާފައެވެ.
ރިޔާސީ ބަޔާން އިއްވާ ދުވަހު ރާއްޖޭގައި މި އަހަރު ހިންގަވަން ނިންމާފައިވާ މަޝްރޫއުތަކާއި، އަދި މި ދައުރުގައި ކުރަން ނިންމަވާފައިވާ ކަންތައްތައް ރައީސް ހިއްސާ ކުރައްވާނެއެވެ.

