ގދ ތިނަދޫއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 60 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެކްޓިވް ކޭސްގެ އަދަދު 204 އަށް އަރައިފިއެވެ.
ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްއިން ނެރުނު އަދާހަމައިން ދައްކާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 60 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 17 މީހެކެވެ.
އެއާއެކު ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދު މިވަނީ 204 އަށް އަރާފައެވެ. ތިނަދޫއިން ޖުމްލަ 1421 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 1212 މީހެކެވެ.
ކޮވިޑްގެ ކޭސްތަކެއް ފެނި ތިނަދޫގެ ހާލަތު ގޯސްވަމުންދާތީ މިހާރުވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ. އަދި ސިއްޚީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

