ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އަލިފާން ރޯވެގެން އުޅެނީ ހުޅުމާލެ ސިފައިންގެ ފްލެޓްތައް ކުރިމަތީ ހުރި ހިކި ގަސްތަކެއްގައި ކަމަށާއި، އެހާދިސާގެ މައުލޫމާތު ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބިފައިވަނީ މިރޭ 22:29 ގައި ކަމަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ، 01:20 ގަ އަލިފާން އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

