ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިތުރު ނުވަ ރަށެއްގައި ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ތައުލީމީ އާލާތްތައް ހަދިޔާކޮށްފި އެވެ.
މި އެހީގެ ތަކެތި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮންމެ ރަށަކުން އެއް ސްކޫލަކަށް ހަދިޔާ ކޮށްފައިވާއިރު ޖުމްލަ 9 ސްކޫލަކަށް ވަނީ އެހީ ފޯރުކޮށްދީފައެވެ.
ބީއެމްއެލް އިން އެހީގެ ތަކެތި ފޯރުކޮށްދީފައިވާ ސްކޫލްތައް:
ށ.ފުނަދޫ ސްކޫލް
ނ.ހުޅުދޫ މެޔާ ސްކޫލް
ޅ.ނައިފަރު މަދަރުސަތުލް އިފްތިތާޙް
ކ.ގުރައިދޫ ސްކޫލް
އއ.އަތޮޅު ގުރައިދޫ ސްކޫލް
އދ.އަތޮޅު ތައުލީމީ މަރުކަޒު – އދ.މަހިބަދޫ
ލ.ގަމު – އިހައްދޫ ސްކޫލް
ގއ.އަތޮޅު މަދަރުސާ – ގއ.ކޮލަމާފުށި
މަޑަވެލި ސްކޫލް
މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކުން ގެންގުޅޭ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ހަދިޔާކުރި ތަކެތި ކަމަށް ބީއެމްއެލް އިން ބުނެއެވެ. އޭގެ އިތުރުން "އިންކްލޫސިވް ލާނިން" މާހައުލެއްގައި ފަރުދީ ގާބިލްކަން ކުރިއެރުވުމަށް 330 އަށް ވުރެ ގިނަ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަން ބީއެމްއެލް އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ސެން ކްލާސްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ވޭތުވެ ދިޔަ 2 އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 29 ސްކޫލަކަށް ތައުލީމީ އާލާތްތައް ހަދިޔާކޮށްފަ އެވެ.

