މާލޭ ގެއެއްގެ ތެރޭގައި ދިވެހި ފިރިހެނަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ މާފަންނު ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތްކަމުގެ މައުލޫމާތު މިއަދުު ހެދުނު 8:03ގައި ލިބިފައިވާ ކަމަށާއި އެގޭގައި މަރުވެފައި އޮތްވާ ފެނިފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މައުލޫމާތުލިބޭ ގޮތުގައި މަރުވެފައި އޮތްވާ ފެނުނުު މީހަކީ ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ މީހެެވެ. އެމީހާ މަރުވެފައި އޮތްވާ ފެނުުނީ މ.ހިންޓަން ކިޔާ ގެއެއްގެ ތެރޭގައެވެ.
މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން ގެންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މާލޭގައި މިކަހަލަ މަރުތައް މިހާރަކަށް އައިސް ދަނީ އިތުރުވަމުންނެވެ. ގިނަފަހަރު މަސްތުވާ ތަކެތި ބޭނުންކޮށް އޯވާޑޯޒް ވުމުގެ ސަބަބުންވެސް މަރުވެފައިވެއެވެ. މީގެއިތުރުން ގޮތްނޭގޭ މަރުތައްވެސް މާލެތެރޭގައި މިވަނީ މިހާރަކަށް އައިސް ގިނަވެފައެވެ.

