ކޮވިޑްގެ ހާލަތުގައިވެސް ވޯޓާޑެކްގެ މީރު ރަހަތައް ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް މުޅިން އާ ޕެކޭޖެއް ވޯޓާޑެކުން ވަނީ ތަޢާރަފްކޮށްފައެވެ. ސްޓޭހޯމް ސްޕެޝަލް ފެމެލީ ޕެކަކީ، ވަރަށް ޚާއްސަ ޑިސްކައުންޓް ރޭޓެއް ދެވިފައިވާ ވަރަށް ތަފާތު ޕެކޭޖެކެވެ.
ކޮވިޑްގެ ޙާލަތުގައި ގޭގައި ބަންދުވެގެން ތިބެންޖެހުމަކީ، ވޯޓާޑެކްގެ މީރު ރަޙަތަކާއި ކަސްޓަމަރުން ދުރުވާންޖެހޭ ސަބަބެއް ނޫނެވެ. ވޯޓާޑެކުން އަލަށް ތަޢާރަފްކޮށްފައިވާ ޚާއްސަ ފެމެލީ ޕެކަކީ، ޑިސްކައުންޓް ރޭޓެއްގައި، އާއިލާއާއި އެކުގައި އިންސާފުކޮށްލެވުމަށް އެންމެ އެކަށީގެންވާ ޕެކެކެވެ. ސްޓޭހޯމް ސްޕެޝިއަލް ފެމިލީ ޕެކަކީ،، އާއިލާއާއި އެކު، އެއް ސުފުރާއަކުން ކާލެވޭނެހެން ކޮންމެ ޕެކެއްގައި 3 މީހުންނަށް ކާލެވޭ ވަރަށް ކާއެއްޗެހި ހިމަނައިގެން ތައްޔާރު ކުރެވޭ ބޮޑު ޕެކެކެވެ.
ފެމިލީ ޕެކްގައި ހިމެނޭ ތަފާތު ކާތަކެތީގެ ތެރޭގައި ކަސްޓަމަރުންގެ މެދުގައި މަޤްބޫލު ވޯޓާޑެކްގެ ޑިޝްތައް ކަމުގައިވާ، ގާލިކް ރައިސް، ބިރިޔާނީ، ޕެރިޕެރި ރައިސް، ތަންދޫރީ ރައިސް ހިމެނެއެވެ. ފެމިލީ ޕެކްގެ ހުރިހާ ބާވަތެއްވެސް އަގުތައް ހެދިފައިވަނީ ޚާއްސަ ޑިސްކައުންޓް ރޭޓަކާއި އެކުއެވެ.

އޯޑަރު ކޮށްލުމާއި އެކު ތިނަދޫގެ ކޮންމެ ހިސާބަކަށް ކުޑައިރުކޮޅެއްގެ ތެރޭގައި ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތާއި އެކު ޚާއްސަ ފެމިލީ ޕެކް މިހާރު ލިބިވަޑައިގަންނަވާނެއެވެ. ހޮސްޕިޓަލާއި، އައިސޮލޭޝަނަށް އަދި ކަރަންޓީންވެފައިވާ ގެތަކާއި، ޕޮޒިޓިވްވެ ގޭބަންދުވެފައިވާ ފަރާތްތަކަށްވެސް، ދޮރާއި ހަމަޔަށް، ކޮންޓެކްޓް ނުވާނެހެން ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ވޯޓާޑެކްގެ ހުރިހާ ޑިޝްއެއް މިހާރުވެސް އަންނަނީ ޑެލިވަރީ ކޮށްދެމުންނެވެ.

ވޯޓާޑެކްގެ މީރު ޑިޝްތައް އޯޑަރުކޮށްލެއްވުމަށް ވޯޓާޑެކްގެ ނަންބަރު: 9559191 އަށް ގުޅުއްވުން އެދެމެވެ.
ވޯޓާޑެކް ރެސްޓޯރަންޓަކީ އަތްފޯރާ އަގެއްގައި ތަފާތު ރަހަމީރު ކާތަކެތި ފޯރުކޮށްދޭ، ޒުވާނުންނާއި، ތަފާތު އުމުރުގެ ބޭފުޅުގެ މެދުގައި ވަރަށް މަޤްބޫލު ރެސްޓޯރެންޓެއްގެ ގޮތުގައި ފާހަގަ ކޮށްލެވެއެވެ. ތަފާތު އާވައްތަރުގެ ޑިޝްތައް ކަސްޓަމަރުންނަށް ތައްޔާރުކުރުމަކީ ވޯޓާޑެކް ރެސްޓޯރަންޓްގެ ވަރަށް ބޮޑު އަމާޒެކެވެ.

ވޯޓާޑެކް ރެސްޓޯރަންޓުގެ އާ ޑިޝްތަކުގެ ތެރޭގައި، ޝެޒުއާން ރައިސް، ޗިކަން ކަބާބް ފަދަ ޑިޝްތައް ފާހަގަކޮށްލެވެއެވެ. ވޯޓާޑެކްގެ ކަސްޓަމަރުންގެ މެދުގައި އެންމެ މަޤްބޫލް ތަފާތު ކެއުމުގެ ބާވަތްތަކުގެ ތެރޭގައި، ބްރައުންޗިކަން ސޭންޑްވިޗް، ޕަނީނޯ، ޕިއްޒާ، ބާގަރ ސަބްމެރިން، ޕެރިޕެރި ރައިސް ފާހަގަކޮށްލެވެއެވެ.

