ކޮވިޑްއަށް ފައްސިވާ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓަށް ވިޔަސް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ކަރަންޓީނު ނުކުރާ ގޮތަށް ނިންމައިފިކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ކޮވިޑް ވެކްސިންގެ ހުރިހާ ޑޯޒެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ކަރަންޓީނު ނުކުރެވޭނެ ކަމަށާއި ބަލީގެ ކޮންޓެކްޓުންނަށް ކަރަންޓީން ކުރަން ޖެހޭ މުއްދަތު ބަދަލު ކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް މިގޮތަށް އަމަލުކުރެވޭނީ ކޮވިޑު-19 އަށް ފައްސިވެފައިވާ މީހުންނާ މުޅިން ވަކިން ކަރަންޓީނުގައި ތިބޭ ކޮންޓެކްޓު ވެފައިވާ މީހުންނަށެވެ.
ސާކިއުލާގައި ބުނާގޮތުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ ކަރަންޓީނު ވާން ނުޖެހޭނެއެވެ. އަދި އަލާމާތެއް ހުރިނަމަ އެންޓިޖެން ނުވަތަ ޕީ.ސީ.އާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވެއްޖެނަމަ ކަރަންޓީނުވާން ނުޖެހެއެވެ. ނަމަވެސް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަން ޖެހެއެވެ.

