ހުޅުމާލޭގައި ދިވެހި އަންހެނަކު ރޭޕްކުރި މައްސަލައެއް ފުލުހުން ތަހުޤީގުކުރަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލޭގައި ދިވެހި އަންހެނަކާ ގަދަކަމުން ޖިންސީ އަމަލު ހިންގައި ރޭޕްކުރި މައްސަލައެއް މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށާއި މިމައްސަލަ ތަހުޤީގުކުރަމުން ގެންދާ ކަމަށެވެ.
މިމައްސަލައިގެ ތުހުމަތުގައި މިދިޔަ ހަފްތާ އަންގާރަ ދުވަހު ހައްޔަރުކުރެވުނީ އުމުރުން 43 އަހަރުގެ މީހެއްކަން ފުލުހުންވަނީ ހާމަކޮށްފައެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަ ދިން ފަސް ދުވަސް ހަމަވުމުން އޭނާގެ ބަންދަށް މިދިޔަ ހޯމަ ދުވަހު ކޯޓުން ވަނީ އިތުރު ފަސް ދުވަސް ވެސް ދީފައެވެ.
ބަންދު އަމުރުގައިވާ ގޮތުން ތުހުމަތުކުރާ މައްސަލައާއި ގުޅޭ އެކަށީގެންވާ ހެކި ހުރީ ކޯޓަށް ހުށަހަޅާފައެވެ.

