މާލޭގައި ދިރިއުޅޭ ގއ.ވިލިނގިލީ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ޖެނުއަރީ 30 ވަނަ ދުވަހު މާލެއިން މީހަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ގެއްލުނު މީހާގެ މައުލޫމާތު އާންމުކޮށް އެމީހާ ހޯދުމަށް ފުލުހުންވަނީ އާންމުންގެ އެހީއަށް އެދިފައެވެ.
ގެއްލިގެން ހޯދަމުންދާ މީހަކީ ގއ. ވިލިނގިލި/ ކަނޑުއޮޅި، ޙަސަން ޝިހާބު (33އ)އެވެ.
އާއިލާއިން ރިޕޯޓްކުރި ގޮތުގައި ފާއިތުވީ ޖެނުއަރީމަހު 30 ވަނަ ދުވަހުގެ ވަގުތެއްގައި ހަސަން ގެއްލިފައިވާ ކަމަށާއި އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނެތްކަމަށެވެ.
ފުލުހުން މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ހޯދިފައެއް ނުވެއެވެ.
ފުލުހުން ވަނީ ޙަސަން ޝިހާބު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް އެދިފައެވެ.

