އޭނާ

ލިޔުނީ : ހަމްދޫނާ ހަސަން
އޭނާއަށް ހޭލެވުނެވެ. އަދި އޭނާގެ ވަށައިގެންވާ މާހައުލަށް ބަލައިލެވުނެވެ. ހައިރާން ވެފައި ހުރެގެންނެވެ. ނަމަވެސް އޭނާ އުފާވިއެވެ. ދުވަސްތަކެއް ވަންދެން އޭނާ ކުރަމުން އައި މަސައްކައި ކާމިޔާބުވުމުންނެވެ. އެބިރުވެރި ހޮހަޅައިގެތެރެއިން އޭނާޔަށް ނިކުމެވުމުންނެވެ. އޭނާގެ ޙަޔާތުގާއިތުވެގެންދިޔަ ދުވަސްތަކަކީ އެހޮހަޅައިގެ ކަނު އަނދިރިކަމުގައި އޭނާވޭތިކުރި ދުވަސްތަކެކެވެ. އެތަނުގައި އޭނާ އިޙްސާސްކުރަމުންދިޔައީ ތަދާއި ވޭނެވެ. އިވެނީ އިންސާނުންގެ ކެކުޅުމުގެ އަޑުތަކެވެ. އެތަނުގައި އަނދިރިކަން ނޫން އެހެން އެއްވެސް އެއްޗެއް އޭނާއަކަށް ސިފައެއް ނުވެއެވެ. އެހޮހަޅައިގައި އުޅެނީ އޭނާކަހަލަ އަނދިރި މަދުބައެކެވެ. ގިނައީ އެތަނުގައި ގަނޑުވަރު ބިނާކޮށްގެންއުޅޭ އެނުން އެހެންތަނެއް ވާކަމުގެ އިޙްސާސްވެސް ނުކުރެވޭ އިންސާނުންނެވެ.
