އުމުރުން 9 މަހުގެ ތުއްތު ކުއްޖަކު، ފުރަތަމަ ބަހަކަށް މަންމަ، ނުވަތަ ބައްޕަ ކިޔުމުގެ ބަދަލުގައި "އޯލް ރައިޓް ބްރޯ" ކިޔުމުން ޒުވާން މަންމަޔަށް ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައެވެ.
ތުއްތު ކުއްޖެއްޖެ ފުރަތަމަ ބަހަކަށް ވާނެކަމަށް ލަފާކުރެވެނީ ކޮން ބަހެއް ހެއްޔެވެ؟. މަންމަ ނޫނީ ބައްޕަ ކަމަށް ގިނަބަޔަކު ލަފާކުރާނެއެވެ. އަދި ދަރިފުޅުގެ ފުރަތަމަ ބަސް ބުނާ މަންޒަރު ރެކޯޑުކޮށް ރައްކާކުރުމަށް މައިންބަފައިން ލޯބިކުރެއެވެ. މި ބީދައިން މި ހާދިސާ ކުރިމަތިވި ޒުވާން މަންމަވެސް ދަރިފުޅުގެ ފުރަތަމަ ބަސް ބުނި މަންޒަރު ރިކޯޑް ކުރިއެވެ. ނަމަވެސް އެހެން ކުދިންނާއި ތަފާތުކޮށް ދަރިފުޅުގެ ފުރަތަމަ ބަހަކަށް، ވިޑިޔޯގެ އަޑު ރަނގަޅަށް އަހާލުމުން "އޯލް ރައިޓް ބްރޯ" އެވެ. މިއީ ތުއްތު ކުއްޖާގެ މަންމަޔަށް ވަރަށް ބޮޑު ހައިރާންކަމެއް ކުރިމަތިކުރުވި ކަމެކެވެ.
އެމެރިކާއަށް އުފަން ކާރމަންގެ އާއިލާގެ މެމްބަރުންނަށް މިހާދިސާގެ މައުލޫމާތު ލިބުމާއެކު އެމީހުން ވަނީ ކުޑަ އިރުކޮޅެއްގެ ތެރޭގައި މި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އިރުކޮޅެއްގެ ތެރޭގައި ވީޑިއޯ އިންޓަރނެޓްގައި ވައިރަލްވެގެން ގޮސްފައި ވެއެވެ.
މި ވީޑިއޯގެ ކެޕްޝަނުގައި މަންމަ ބުނެފައިވާ ގޮތުން އޭނާ 9 މަސް ދުވަހަށް އިންތިޒާރު ކުރެވުނީ ދަރިފުޅުގެ ފުރަތަމަ ބަހަކަށް "އޯލް ރައިޓް ބްރޯ" އަށެވެ.
ދެމަފިރިން އެކުގައި މަޖާކޮށް ކެމެރާ ޖައްސައިގެން ރެކޯޑު ކުރަނިކޮށް، ދަރިފުޅު އަޑެއް ލައްވާހެން ހީވެގެން ދަރިފުޅުގެ ވީޑިޔޯއެއް ނެގީކަމަށެވެ. ފުރަތަމަ ފަހަރަށް ދަރިފުޅު ލެއްވި އަޑެއް ނޭގުނު ކަމަށާއި ފަހުން ވީޑިއޯ ދަރިފުޅުގެ ކާފަ އަދި މާމަޔަށް ދެއްކުމުން، ދަރިފުޅުނު ބުނި ބަސް ސާފުވެގެން ދިޔަ ކަމަށެވެ.
ދަރިފުޅުގެ މިވީޑިއޯ ޓިކްޓޮކްގައި ހިއްސާ ކުރުމުން މިލިޔަނަކަށް ވުރެ ގިނަ މީހުން މި ވީޑިއޯ ބަލާފައި ވެއެވެ.

