މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީއިން ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ޕީޕީއެމް އިން އިލެކްޝަން ކޮމިޝަނަށް ދެމައްސަލައެއް ހުށަހަޅައިފިއެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އިސްކަންދަރު ސްކޫލް ކުރިމަތީގައި ހުރި ގެއެއްގެތެރޭގައި އެމްޑީޕީއިން ވޯޓަށް ނުފޫޒު ފޯރުވުމަށް ފައިސާ ބަހަމުންދާ މައްސަލަ އިލެކްޝަން ކޮމިޝަނަަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އޭގެ އިތުރުން ކޮމަންޑޫ ދާއިރާއަށް ކުރިމަތިލައްވައިގެން އުޅުއްވާ އެމްޑީޕީ ކެނޑިޑޭޓް މުހައްމަދު ރާޝިދު ފޯކައިދޫ ވޯޓުލާ މަރުކަޒު ކައިރީގައި ހަތަކާތްތެރިވެ ވޯޓަށް ނުފޫޒު ފޯރުވަމުންދާ މައްސަލައެއްވެސް ހުށަހަޅާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
އެމްޑީޕީއިން ވޯޓަށް ނުފޫޒު ފޯރުވާކަމަށްބުނެ، އެމްޑީޕީ މެމްބަރުންނާއި ޕީޕީއެމް މެމްބަރުންނާ ދެމެދުވަނީ ހަމަނުޖެހުމެއްވެސް ހިނގާފައެވެ. އޭގެ އިތުރުން ކެމްޕެއިންގެ ވަގުތު އިއްޔެ ހަވީރު 18:00 އަށް ހަމަވެފައިވަނިކޮށް އެމްޑީޕީއިން ކޮމަންޑޫގައި ކެމްޕެއިނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ތުހުމަތުކޮށް މައްސަލަތަކެއް ވަނީ ހުށަހަޅައިފައެވެ.

