ސްރީލަންކާގައި ދިރިއުޅޭ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މައުލޫމާތު ލިބުނުގޮތުގައި ލަންކާއިން ގެއްލުނު ދިވެއްސަކީ އަފްހާމް ނަސީރު ނަމަކަށް ކިޔާ ފިރިހެން ކުއްޖެކެވެ. އަފްހާމްއަކީ ބިޒްނަސް ދާއިރާގައި ކިޔަވަމަނުދާ ދަރިވަރެކެވެ. އޭނާ ގެއްލިފައިވަނީ ރޭގައެވެ.
އަފްހާމް ގެއްލުނުއިރު ލައިގެން ހުރީ ކަޅުކުލައިގެ ގަމީހެކެވެ. އެންމެ ފަހުން އޭނާ ފެނިފައިވަނީ މިމަހު 4 ވަނަ ދުވަހު ލަންކާގެ ދެހިވަލާއިންނެވެ. އޭނަގެ އެކުވެރިން މީޑިޔާއަށް މައުލޫމާތުދިން ގޮތުގައި އަފްހާމް ރޭ ހުރީ ކޮންމެވެސް ކަމަކާ ޑިޕްރެސްފައެވެ. ރޭ ދަންވަރު 1 ޖަހާކަންހާއިރު އެކުުވެރި ކުދިންނާއި އަފްހާމް ވަނީ ވާހަކަދައްކާފައެވެ.
އަފްހަމްއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިލައްވާނަމަ +94711182941 ނުވަތަ +9609882941 މި ނަންބަރާ ހިއްސާ ކުރުމަށް ވަނީ އަންގާފައެވެ.

