ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކުރިޔަށް ގެންދަނިކޮށް އިސްކަންދަރު ސްކޫލް ކައިރީގައި ހިންގި ހަމަނުޖެހުމެއްގެ ތެރެއިން ދެމީހަކު ހައްޔަރުކޮށްފިއެވެ.
މިހަމަނުޖެހުން ހިނގާފައިވަނީ އެމްޑީޕީ ސަޕޯޓަރުންނާއި ޕީޕީއެމް ސަޕޯޓަރުންގެ މެދުގައެވެ. ދެޕާޓީގެ ސަޕޯޓަރުންގެ މެދުގައި ފެށިގެންދިޔަ ޒުވާބު ހަމަނުޖެހުމަކަށް ބަދަލުވެ މުޅި މާހައުލުވަނީ ހޫނުވެފައެވެ. އެހެންކަމުން މިވަގުތު އެސްއޯ ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އިސްކަންދަރު ސްކޫލް ކައިރީ ހިނގާދިޔަ މިހަމަނުޖެހުމުގެ ތެރެއިން ހައްޔަރު ކުރެވުނީ ކޮންޕާޓީއެއްގެ ދެމީހުން ކަމެއް އަދި ކަށަވަރުކުރެވިފައިނުވެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މިއަދު ހެދުނު ފެށިގެން ކުރިޔޔަށް ގެންދާއިރު ގިނަ ވޯޓު ފޮށިތައް މިހާރު ވަނީ ބަންދުކުރެވިފައެވެ. އެގޮތުން އިސްކަންދަރި ސްކޫލްގައި ބެހެއްޓި ދެފޮށީގެ އިތުރުން ފޯކައިދޯގައި ބެހެއްޓި ފޮށިވެސް ވަނީ ބަންދުކުރެވިފައެވެ.

