މިއަދު ކުރިއަށް ދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބުކޮށްފިއެވެ.
މި އިންތިޚާބުގައި ވޯޓު އެޅުމަށް ޖުމްލަ ހަތް ވޯޓުފޮއްޓެއް ބަހައްޓާފައިވާއިރު މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ކުރީގައި އުޅެނީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދުއެވެ. އަދި ދެވަނަ އަށް އޮތީ ޕީޕީއެމް ކެނޑިޑޭޓް މޫސާ ފަތުޙީ އަދަމް އެވެ. އަދި މި އިންތިޚާބުގައި އެންމެ މަދުން ވޯޓު ލިބިފައިވަނީ އެމްއެންޕީ ކެނޑިޑޭޓް އަބްދުލް ހަންނާން އިދްރީސް އަށެވެ.
މިހާތަނަށް ނަތީއްޖާ އިއުލާނުކޮށްފައިވާ 6 ފޮށި
މަރޮށި ވޯޓު ފޮށީގެ ނަތީޖާ:
- މުހައްމަދު ރާޝީދު (އެމްޑީޕީ) – 161
- މޫސާ ފަތުހީ އާދަމް (ޕީޕީއެމް) – 95
- އަބްދުލްހަންނާނު އިދުރީސް (އެމްއެންޕީ) – 41
- ބާތިލް – 0
ކޮމަންޑޫ ވޯޓު ފޮށި – 1ގެ ނަތީޖާ:
- މުހައްމަދު ރާޝީދު (އެމްޑީޕީ) – 144
- މޫސާ ފަތުހީ އާދަމް (ޕީޕީއެމް) – 152
- އަބްދުލްހަންނާނު އިދުރީސް (އެމްއެންޕީ) – 37
- ބާތިލް – 3
ކޮމަންޑޫ ވޯޓު ފޮށި – 2ގެ ނަތީޖާ:
- މުހައްމަދު ރާޝީދު (އެމްޑީޕީ) – 159
- މޫސާ ފަތުހީ އާދަމް (ޕީޕީއެމް) – 92
- އަބްދުލްހަންނާނު އިދުރީސް (އެމްއެންޕީ) – 64
- ބާތިލް – 2
ފޯކައިދޫ ވޯޓު ފޮށި – 1ގެ ނަތީޖާ:
- މުހައްމަދު ރާޝީދު (އެމްޑީޕީ) – 195
- މޫސާ ފަތުހީ އާދަމް (ޕީޕީއެމް) – 202
- އަބްދުލްހަންނާނު އިދުރީސް (އެމްއެންޕީ) – 13
- ބާތިލް – 3
ފޯކައިދޫ ވޯޓު ފޮށި – 2ގެ ނަތީޖާ:
- މުހައްމަދު ރާޝީދު (އެމްޑީޕީ) – 223
- މޫސާ ފަތުހީ އާދަމް (ޕީޕީއެމް) – 204
- އަބްދުލްހަންނާނު އިދުރީސް (އެމްއެންޕީ) – 11
- ބާތިލް – 8
މާލޭ ވޯޓު ފޮށި – 2ގެ ނަތީޖާ:
- މުހައްމަދު ރާޝީދު (އެމްޑީޕީ) – 234
- މޫސާ ފަތުހީ އާދަމް (ޕީޕީއެމް) – 178
- އަބްދުލްހަންނާނު އިދުރީސް (އެމްއެންޕީ) – 69
- ބާތިލް – 11
ޖުމްލަ ހަތް ވޯޓު ފޮށީގެ ތެރެއިން ނަތީއްޖާ ލިބިފައިވާ 6 ވޯޓު ފޮށީގެ ނަތީއްޖާ އަށް ބަލާއިރު ރާޝިދަށް ވަނީ 1116 ވޯޓު ލިބިފައެވެ. އަދި ރާޝިދު އާއި ދެން އެންމެ ވާދަކުރާ މުސާ ފަތުޙީ އަށް ލިބިފައިވަނީ 923 ވޯޓެވެ.

