ވެލާނާ އިންޓަރނޭޝަން އެއަރޕޯޓު (ވީއައިއޭ) ލަގެޖު ރޭމްޕު ތެރޭގައި އަތްތާށިގެ މުވައްޒަފަކަށް އަނިޔާތަކެއް ވެއްޖެއެވެ.
މައުލޫމާތު ލިބުނުގޮތުގައި ވީއައިއޭގެ ލަގެޖް ރޭމްޕަކީ އޮޓޯއިން މަސައްކަތް ކުރާ އެއްޗަކަށްވާތީ މުވައްޒަފުގެ އަތް ރޭމްޕުގެ ތެރޭގައި ތާށިވުމުން ވަގުތުން ރޭމްޕް ހުއްޓުވޭ ގޮތެއް ނުވީއެވެ.
އެމްވީ ކްރައިސިސްއިން ހާމަކުރިގޮތުގައި މިއަދު ހިނގާދިޔަ މިހާދިސާގައި އެމުވައްޒަފުގެ އަތް ރޭމްޕުގައި ތާށިވުމުން އަތް ވަނީ ބިންދައިގެން ގޮސްފައެވެ.
މިހާދިސާ ވީއައިއޭގެ މެނޭޖްމަންޓުން މިހާރު ދަނީ ތަހުޤީގުކުރަމުންނެވެ.
މިހާދިސާއާ ގުޅޭ ގޮތުން ކަމާއި ބެހޭ އެއްވެސް އިދާރާއަކުން މައުލޫމާތު ހާމަކޮށްފައިނުވެއެވެ.

