ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ކޯޓުން ބަލަމުން ގެންދާ މައްސަލައަކާއި ގުޅިގެން ސިވިލް ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ހޯދަން ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
އެގޮތުން ފުލުހުންގެ މައްޗަށް ކޮށްފައިވާ މިއަމުރާއި ގުޅިގެން ހޯދަން އިއުލާންކޮށްފައިވަނި ފ. ނިލަންދޫ / އަސަރީގެ، އަހުމަދު ޝަފާޒް (38އ) އެވެ.
ފުލުހުން ވިދާޅުވީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ޝަފާޒް ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި މި މަހުގެ 10 ވަނަ ދުވަހުގެ 10:30 އަށް ސިވިލް ކޯޓަށް ޝަފާޒް ހާޒިރުކުރަން އަންގާފައިވާ ކަމަށެވެ.
އެހެންކަމުން ޝަފާޒް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓަޑީގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.

