ނ. ވެލިދޫ މަގު ހެދުމަށް ބޭނުންވާ ރޯމެޓީރިއަލްސްގެ ފުރަތަމަ ޝިޕްމަންޓް އެރަށަށް ގެންގޮސްފިއެވެ.
ވެލިދޫ މަގު ހެދުމުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވިދާޅުވީ، ވެލިދޫ މަގު ހެދުމަށް ބޭނުންވާ ރޯމެޓީރިއަލްސްގެ ފުރަތަމަ ޝިޕްމަންޓް މިއަދު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.
މިމަޝްރޫއުގެ ދަށުން، 5 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމުގެ އިތުރުން މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމުކުރުމާއި މަގުތަކުގައި ބައްތި ޖެހުން ހިމެނެއެވެ.
މިމަޝްރޫއުއަކީ 450 ދުވަސް ތެރޭގައި ނިންމުމަށް އާރްޑީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. މިމަޝްރޫއުއަކީ 88.5 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.
އާރްޑީސީއިން ގެންދަނީ ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމުގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ.

