ހާއްސަ އޮފާ ތަކަކާއެކު ދިރާގު ޓީވީގެ ޚިދުމަތް ގދ.ރަތަފަންދޫއަށް ތައާރަފްކޮށްފިއެވެ.
ދިރާގުން ބުނާގޮތުގައި ދިރާގު ޓީވީގެ ޚިދުމަތް ރަތަފަންދޫއަށް ތައާރަފްކޮށްފައިވަނީ ވަރަށް ހާއްސަ އޮފާތަކާއެކުގައެވެ. އެގޮތުން ދިރާގުފައިބަރ ބްރޯޑްބޭންޑް ހިދުމަތް ގެންގުޅޭ ކަސްޓަމަރުން ދިރާގު ޓީވީގެ ޚިދުމަތަށް އެދުމުން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެއެވެ.
100އަށްވުރެ ގިނަ ޗެނަލް ލިބިގެންދާ ދިރާގު ޓީވީގެ ޚިދުމަތް ބޭނުންފުޅުވާ ފަރާތްތަކުން ދިރާގު މައި އެކައުންޓް މެދުވެރިކޮށް ޚިދުމަތަށް އެދެވޭނެއެވެ.
ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %82 ގޭބިސީއަށް ދިރާގުޓީވީ ހިދުމަތް ފޯރުކޮށްދީފައިއެވެ.
ސޮނީގެ ސްޕޯރޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯރކް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ދިރާގު ޓީވީ މެދުވެރިކޮށް ބަލާލެވޭނެއެވެ.
ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށެވެ

