ގއ ވިލިނގިލި ހިމެނޭހެން 5 ރަށެއްގައި ހައުސިންގ ޔުނިޓް އަޅާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިއުލާންކޮށްފިއެވެ.
އެގޮތުން ގއ ވިލިނގިލީގައި 50 ހައުސިންގ ޔުނިޓް އަދި ނ. ހޮޅުދޫގައި 30 ހައުސިންގ ޔުނިޓް، ހދ ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް. ލ ގަމުގައި 100 ހައުސިންގ ޔުނިޓުގެ އިތުރުން ށ. މިލަންދޫގައި 50 ހައުސިންގ ޔުނިޓް އެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
އެގޮތުން މިނިސްޓްރީއިން ހައުސިންގ ޔުނިޓް އެޅުމަށް ނިންމާފައިވާ ރަށްރަށުގައި އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އެއިއުލާނުގައި ބުނެފައިވެއެވެ.
މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މިމަސައްކަތާ ބެހޭ އެންމެހައި ލިޔެކިޔުންތައް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން އެމިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށާއި، މިމަސައްކަތަށް ބީލަން ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މާޗް މަހުގެ 3 ވަނަ ދުވަހު ކަމަށެވެ.

