ކޮވިޑް-19 ބަލި ފެތުރެމުން ދިޔުމާއި ގުޅިގެން ރާއްޖޭގެ 15 ރަށެއް އަދިވެސް މޮނިޓަރިންގެ ހާލަތުގައި އެބަ އޮތް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު އާންމު ކޮށްފައިވާ މައުލޫމާތު ބުނާ ގޮތުން މިދިޔަ އޭޕްރީލް މަހުން ފެށިގެން 5 ރަށެއް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެއީ އައްޑޫ ސިޓީގެ ހަތަރު ރަށަކާއި ގދ. ތިނަދޫ އެވެ. އައްޑޫ ސިޓީގެ މުނިޓަރިންގެ ހާލަތުގައި އޮތް ރަށް ތަކަކީ ހިތަދޫ އާއި މަރަދޫ އާއި މަރަދޫ ފޭދޫ އާއި ފޭދޫއެވެ.
ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައި ވީ ނަމަވެސް ބައެއް ދުވަސްތަކުގައި ކޮވިޑް ކޭސް ތަކުގެ އަދަދު 100 އިން މައްޗަށް އަރައިގެން ދެއެވެ. އަދި ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު، މިހާރު ކޮވިޑް ކޭސްތަށް ގިނައިން ފެންނަމުންދަނީ އަތޮޅު ތެރޭގެ ރަށްތަކާއި، ރިސޯޓު ތަކުންނެވެ.
މިހާތަނަށް ރާއްޖެއިން ޖުމްލަ 75،879 މީހުން ޕޮޒިޓިވްވެފައިވާއިރު 73،226 މީހުން ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. ރާއްޖެއިން މިހާތަނަށް 216 މީހުން ވަނީ މި ބަލީގައި މި ދުނިޔެ ދޫކޮށްފައެވެ. މިހާރު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،425 އެވެ.

