މޯލްޑިވިއަން އިން އޮންލައިންކޮށް ޓިކެޓެއް ނަގައިގެން ހިލޭ 2 ޓިކެޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ފެށި މިޕްރޮމޯޝަންގެ ދަށުން އޮންލައިންކޮށް ޓިކެޓް ނެގުމުން ހިލޭ 2 ޓިކެޓް ލިބިގެންދާނެއެވެ. އެގޮތުން ޑާކާ އާއި ކޮޗިން ނުވަތަ ޓްރިވެންޑްރަމަށް ދިއުމަށް ހިލޭ ދެ ރިޓާން ޓިކެޓް ހޯދުމުގެ ފުރުސަތު ކޮންމެ ހަފްތާއަކު ލިބިގެންދާނެއެވެ.
މޯލްޑިވިއަންއިން ހާމަކުރި ގޮތުގައި އެހަފްތާއަކު އޮންލައިންކޮށް ޓިކެޓް ނަގާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ހިލޭ ދެ ރިޓާން ޓިކެޓް ލިބިގެންދާނެއެވެ.

