ޅ. މަޑިވަރު އެއަރޕޯޓަށް އަންނަ ހުކުރު ދުވަހު ކޮމާޝަލް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
މަތިވަރު އެއަރޕޯޓު އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވީ، ކޮމާޝަލް ދަތުރުތައް އިފްތިތާހު ކުރުމުގެ ގޮތުން މިމަހުގެ 18 ވަނަ ދުވަހު އެކުންފުނީގެ މޯލްޑިވިއަންގެ ފްލައިޓެއް މަޑިވަރަށް ދަތުރުކުރާނެ ކަމަށެވެ. އަދި އެއަށްފަހު ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށާއި، މަޑިވަރަށް ދަތުރުކުރާ އަގުތައް މިއަދުގެ ވަގުތެއްގައި ހާމަކުރާނެ ކަމަށްވެސް ޖެނިފާ ފިދާޅުވިއެވެ.
މަޑިވަރު އެއާޕޯޓުގެ މަސައްކަތް ނިންމާ އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ.
ފާދިއްޕޮޅު މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގގެ ފަރާތުން ތަރައްޤީ ކޮށްފައިވާ މަޑިވަރު އެއަރޕޯޓް ހިންގުމަށް ޤައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގައެވެ.
މަޑިވަރުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ވަނީ 1200 މީޓަރުގެ ރަންވޭއަކާއި، އެއަރކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި، ފަޔަރ ބިލްޑިންގއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓަރމިނަލެެއް ތަރައްޤީކޮށްފައެވެ. މީގެއިތުރުން އެއަރޕޯޓުގެ ޓަރމިނަލް އިމާރާތާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އެކަމަޑޭޝަން ބްލޮކުގެ މަސައްކަތް ނިންމާ، ގްރައުންޑް ހޭންޑްލިންގއަށް ބޭނުންވާ ސާމާނު ގެންގޮސް ވަނީ އިންސްޓޯލްކޮށްވެސް ނިމިފައެވެ.
މަޑިވަރު އެއަރޕޯޓް ހިންގުމާއި އައިލެންޑް އޭވިއޭޝަނުން ހަވާލުވެފައިވާއިރު މިވަގުތު އައިލެންޑް އޭވިއޭޝަންގެ ފަރާތުން ދަނީ 3 ޑޮމެސްޓިކް އެއަރޕޯޓެއް ހިންގަމުންނެވެ. އެއީ ބ.ދަރަވަންދޫ، ތ. ތިމަރަފުށި އަދި ރ. އިފުރު އެއަރޕޯޓެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ދަނީ ނ. މާފަރުގައި އިންޓަރނޭޝަނަލް އެއާޕޯރޓެއްވެސް ހިންގަމުންނެވެ.

