ގދ ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ.
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އިން މައުލޫމާތު ދެއްވި ގޮތުގައި އެމީހާއަށް ފަރުވާދެމުންދިޔައީ އެހޮސްޕިޓަލްގައި ކަމަށާއި، އެމީހާ ނިޔާވެފައިވަނީ ރޭ ފަތިހު 3 ޖަހާ އެހާކަންހާއިރުއެވެ.
އެމީހާއަށް ފަރުވާދެމުންދިޔައީ ކޮވިޑް ބަލީގައި ކަމަށާއި، އެމީހާއަކީ އުމުރުން 92 އަހަރުގެ މީހެއްކަމަށްވެސް ޑރ.އޭއެސްއެމްއެޗް އިން މައުލޫމާތު ދެއްވިއެވެ.

