ޅ. މަޑިވަރުގައި ތަރައްޤީކޮށްފައިވާ އެއާރޕޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.
މަޑިވަރު އެއާރޕޯޓް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ. މި އެއާޕޯޓަކީ ސަރުކާރުން ކްރައުން އެންޑް ޗަމްޕާ ބްރަދާސްއާ ހަވާލުކޮށް ތަރައްޤީ ކުރެވުނު އެއާރޕޯޓެކެވެ. މި އެއާޕޯޓުގައި 1.2 ކިލޯ މީޓަރުގެ ރަންވޭއަކާއި އެއާކްރާފްޓްތައް ޕާކު ކުރާނެ ސަރަހައްދަކާއި ޒަމާނީ ފެންވަރުގެ ޓާމިނަލެެއްވަނީ އަލާފައެވެ. އެއާރޕޯޓް ތަރައްޤީކުރުމަސް ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު ހަދަރު ވެފައިވާއިރު، މި އެއާޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ބެއިޖިންގެ ކުންފުންޏެއް ކަމަށްވާ ބީޔޫސީޖީންނެވެ.
އެއާރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ، ޅ އަތޮޅުގެ ވިޔަފާރިވެރިންނާއި ރިސޯޓް ހިންގާ ފަރާތްތަކަށް މިއަދަކީ އުފާވެރި ދުވަހެއް ކަމަށާއި، މިއީ އަތޮޅުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ކުރަމުން އައި އުންމީދު ހަގީގަތަށް ވެގެން އައި ދުވަސް ކަމުގައެވެ.
ރައީސް ފާހަގކޮށްފައިވާ ގޮތުގައި، އެއާޕޯޓްގެ މަސައްކަތާ ހަވާލުވި ކްރައުން އެންޑް ޗަމްޕާ ގްރޫޕަކީ ރައްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެކެވެ. ރައީސް ސާލިހު ވިދާޅުވީ، މި ރާއްޖެ ލާމަރުކަސީ އުސޫލުން ކުރިއަށް ގެންދިޔުމުގައި އެންމެ ބޮޑަށް ބޭނުން ވެފައިވަނީ، އެއް ރަށް އަނެއްރަށާ ގުޅުވާލައި، އެއް އަތޮޅު އަނެއް އަތޮޅާ ގުޅުވާލުން ކަމުގައެވެ. އަދި މަޑިވަރު އެއާރޕޯޓަކީ އެކަމަށް އިތުރުވެގެންދިޔަ ބޮޅެއް ކަމަށެވެ.
ސަރުކާރުން ލަފާކުރާ ގޮތުން، މަޑިވަރު އެއަރޕޯޓާއެކު އެ ސަރަހައްދުގެ ފަތުރުވެރިކަމަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިގެންދާނެއެވެ.
މަޑިވަރުގެ އެއާޕޯޓުގެ ޓެސްޓް ފްލައިޓް ޖެއްސީ 2021ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހުއެވެ. މަޑިވަރު އެއަރޕޯޓް ހިންގުމަށް ގައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ މިއަދު( 18 ޖެނުއަރީ 2022) ގައެވެ.

