ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުން ރައްޔިތުން ސަލާމަތްކުރެވޭނީ ހަމައެކަނި ޕީޕީއެމްއަށް ކަމަށް ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބްރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިހެން ވިދާޅުވެފައި ވަނީ ޕީޕީއެމްއާ މިރޭ ގުޅިވަޑައިގަތް ކުރީގެ މިނިސްޓަރ އާއި ކުރީގެ ދެމެމްބަރުންނަށް އަށް މަރުހަބާ ދަންނަވަމުން ކުރެއްވި ޓްވީޓެއްގައެވެ.
ޕީޕީއެމް އާއި މިރޭ ގުޅިވަޑައިގަތީ ކުރީގެ މިނިސްޓަރ މަލީހް ޖަމާލް އާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އެވެ.
ޕީޕީއެމް އާއި މިރޭ ގުޅިވާޑައިގަތް ތިން ބޭފުޅުން ސޮއި ކޮށް، ފޯމު ވަނީ އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) އާއި ހަވާލު ކުރައްވާފައެވެ.

