އެމްޑީޕީން ވެރިކަމަށް އައުމަށް ވެފައިވާ ވަޢުދާއި، އެކުލަވާލާފައިވާ މެނިފެސްޓޯއާއި އެއްގޮތަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެކަށީގެންވާ ވަތާއި ގާތަށްވެސް ހިންގާލާތަނެއް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ވެރިކަމަށް އަންނަނީ ރައްޔިތުންގެ ކައިރިއަށް ގޮސް ރައްޔިތުންގެ އަޑުއަހައިގެން ކަމަށާއި، އަދި އެވާހަކަތަކުގެ މައްޗަށް އެކުލެވޭ މެނިފެސްޓޯއަކާއި އެކުގައިކަމަށް ވައްޑެ ވިދާޅުވިއެވެ. އެގޮތުން ކުދި ވިޔަފާރިވެރިން ކޮޅަށް ޖެހުމަށް އޭރުވީ އެންމެ ބޮޑު ވައުދަކީ ސަރުކާރުން ވިޔަފާރި ކުރުން މަދުކޮށް، ކުދި އަދި މެފަންތީގެ ވިޔަފާރިތައް ކޮޅަށް ޖެހުންކަމަށެވެ. ނަމަވެސް ފެނިގެންދަނީ މިއަދުވެސް އެކަން ތަންފީޒު ނުވާތަންކަމަށެވެ.
ނުސީދާއަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލަށް ބަހުގެ ހަމަލާތައް ދެއްވަމުން ވައްޑެ ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މިއަދުވެސް ކޮޅަށް ތެދުނުވެވިގެން އުޅެނީ އެމްޑީޕީގެ ސިޔާސަތު ތަންފީޒު ނުކުރެވޭތީކަމަށެވެ.
ވައްޑެ ވިދާޅުވީ، ކުދި ވިޔަފާރިވެރިން ކޮޅަށް ޖެހުމަށް އޭރުވީ އެންމެ ބޮޑު ވައުދަކީ ސަރުކާރުން ވިޔަފާރި ކުރުން މަދުކޮށް، ކުދި އަދި މެފަންތީގެ ވިޔަފާރިތައް ކޮޅަށް ޖެހުންކަމަށެވެ. ނަމަވެސް ފެނިގެންދަނީ މިއަދުވެސް އެކަން ތަންފީޒު ނުވާތަންކަމަށެވެ.
ވައްޑެ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތަށް “ހިންގާލާ” ތަނެއް ނުފެނަކަމަށެވެ. އެކަން ކުރެވޭނީ އެމްޑީޕީގެ ސިޔާސަތާއި ތަސައްވަރު “ހިންގާލެވި”ގެންކަމަށް ވައްޑެ ވިދާޅުވިއެވެ.

