މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 10 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހިއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ހ.ނޫއަލިގޭގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓް މިއަދު ހެދުނު 8:50 އެހާކަންހާއިރު ލިބިފައިވާ ކަމަށާއި މައުލޫމާތު ލިބުމާއެކު އެފްއާރުއެސް ފަޔަރ ރެސްކިއު ޓީމް އެސަރަހައްދަށް ގޮސް ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ.
ހ.ނޫއަލިގޭގައި ރޯވި އަލިފާން ނިއްވާލެވުނީ 9:25 ހާއިރުއެވެ. އެހެންނަމަވެސް 10 މީހަކަށް ދުމުގެ އަސަރުކުރުމުގެ ސަބަބުން ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލަށް ވަނީ ފޮނުވިފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން ހާމަކޮށްފައިނުވެއެވެ.

