މާލޭ ސީގަލް ކެފޭ ކައިރީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މ.ބިޖިލީ ކާސްޓްލްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލުމާތު މިރޭ 20:38 ގައި ލިބިފައިވާ ކަމަށާއި އެގޭގައި ރޯވި އަލިފާން ނިއްވާލެވުނީ މިރޭ 20:48 ގައި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވިއެވެ. އެހެންނަމަވެސް ގޭގައި ހިފާ ގެންގުޅޭ ގިނަ ތަކެތި ވަނީ އަދާ އަޅިޔަށްވެފައެވެ. އެގޭގައި ހުރި ބައެއް ސާމާނަށް ވަނީ އެކިވަރުގެ ގެއްލުންތަކެއް ލިބިފައެވެ.
މިއީ މިއަދު މާލޭގައި ހިނގާދިޔަ ދެވަނަ އަލިފާނުގެ ހާދިސާއެވެ. މިއަދު ހެދުނު 8:50ގައި ހ.ނޫއަލިގޭގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މިހާދިސާގައި ދުމުގެ އަސަރުކޮށްގެން 10 މީހަކަށް ފަރުވާ ދޭންޖެހުނު ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.

