ރައީސްކަމުގެ ޒިންމާތަކުން ވަގުތީ ގޮތުން އެކަހެރިވެއްޖެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށް ހަމަޖެހިފައި އޮތުމާއި ގުޅިގެން ރައީސްކަމުގެ ޒިންމާތަކުން ވަގުތީގޮތުން އެކަހެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ރައީސްކަމުގެ ޒިންމާތައް އުފުލާނީ ނައިބު ރައީސް ފައިސަލް ނަސީމް ކަމަށް ރައީސް ސޯލިހުވަނީ ވިދާޅުވެފައެވެ.
މިވަގުތު ރައީސް ސޯލިހު ހުންނެވީ އެމަނިކުފާނުގެ ބޭސްފަރުވާއަށް ސިންގަޕޫރުގައެވެ. އެމަނިކުފާނު ވިދާޅުވީ މާދަމާ ހެދުނު އެމަނިކުފާނުގެ ސާޖަރީއެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

