މަސްތުގެ ހާލުގައި ހުރި ފުލުހަކު ސައިކަލަކުން ވެއްޓިފައި އޮތް މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްތުގެ ހާލުގައި ވެއްޓިފައި އޮތީ، ޅ. ހިންނަވަރުގައި މަސައްކަތް ކުރާ، އަހުދު އިބްރާހިމް ނަމަކަށް ކިޔާ ފުލުހެކެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލަކުން މަގުމައްޗަށް ވެއްޓި ހަބަރު ހުސްވެފައިވާ ދެމީހަކު ފެންނަން އޮތެވެ. އެދެމީހުންގެ ވީޑިއޯ ކުރި މީހުންގެ ތެރެއިން އެކަކު އެތަނުން އެކަކީ ފުލުހެއް ކަމަށް ބުނާ އަޑުވެސް އެވީޑިއޯއިން އިވެއެވެ.
މިކަމާ ގުޅޭގޮތުން މިހާތަނަށް ފުލުހުންގެ ބަހެއް ލިބޭގޮތެއް ވަނީ ނުވެފައެވެ.

