ޖަމިއްޔަތުއް ސަލަފުގެ ފަރާތުން “ހައިޟު ނިފާސް”ގެ ނަމުގައި އަންހެނުންނަށް ހާއްސަ ވޯކްޝޮޕެއް ބާއްވަން ނިންމައިފިއެވެ.
މިވޯކްޝޮޕާއި ބެހޭ މައުލޫމާތު ދެއްވަމުން އެޖަމިއްޔާއިން ބުނެފައިވަނީ މިއީ ހައިޟު ނިފާސްކަމާއި ބެހޭގޮތުން އަންހެނުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ވޯކްޝޮޕެއް ކަމަށެވެ.
މިވޯކްޝޮޕްގައި ޙައިޟު، ނިފާސް އަދި އިސްތިޚާޟާއަކީ ކޮބައިކަމާއި އެ ހާލަތްތަކުގައި އަޅުކަން ކުރެވޭނެ ގޮތްތަކުގެ އިތުރުން ދެމަފިރިންގެ ގުޅުންތައް ބާއްވަންޖެހޭ ގޮތާއި ގުޅޭގޮތުން މައުުލޫމާތު ފޯރުކޮށްދެވޭނެއެވެ.
ސަލަފުން ބުނާ ގޮތުގައި މިވޯކްޝޮޕް ބާއްވަން ހަމަޖެހިފައިވަނީ މާރޗު މަހުގެ 11،5،4 އަދި 12 ވަނަ ދުވަހުގެ ރޭގަނޑު 9:30 އިން 11:00އަށް ކަމަށާއި ވޯކުޝޮޕުގައި ބައިވެރިވާ ފަރާތްތަކުގެ އަތުން 250 ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖެހިފައިވާކަމަށެވެ.
އެ ވޯކުޝޮޕްގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަންއަށް ހުޅުވާލާފައިވާއިރު، ވޯކުޝޮޕާއި ގުޅޭ އިތުރު މައުލޫމާތުތައް ހޯދުމަށް ސަލަފު ޖަމުއިއްޔާގެ ނަންބަރު 9557018 އާއި ގުޅުއްވުމަށް އެ ޖަމުއިއްޔާއިން ވަނީ އެދިލައްވާފައެވެ.

