ތައިރޮއިޑް ފަރުވާއަކަށް ކުރެއްވި އޮޕަރޭޝަނަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް، އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ހޮސްޕިޓަލް އިން ދޫކޮށްލާފައިވާކަން ހާމަކޮށް އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ އޮޕަރޭޝަނަށްފަހު ހާލުކޮޅު ރަނގަޅުކަމަށާއި، މިއަދު ހެނދުނު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށެވެ. އަދި އެމަނިކުފާނު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހުގެ 25 ވަނަ ދުވަހު ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށް އެމަނިކުފާނުގެ ބާރުތަކާއި މަސްޢޫލިއްޔަތުތައް ކުޑަ ވަގުތުކޮޅަކަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ހަވާލުކުރެއްވެވިއެވެ. ނަމަވެސް 3 ގަޑިއިރާއި 30 މިނެޓް ފަހުން ރައީސް ވަނީ އަލުން އެމަނިކުފާނުގެ މަސްޢޫލިއްޔަތުތަކާއި ހަވާލުވެވަޑައިގެންފައެވެ.

