ރަޝިއާގެ ފަސް މަތިންދާ ބޯޓު ވައްޓާލާފައިވާ ކަމަށް ޔޫކްރޭނުން ބުނެފިއެވެ.
ރަޝިޔާގެ މަތިންދާ ބޯޓުތަކެއް ވައްޓާލާފައިވާ ކަން އެގައުމުގެ ރައީސްގެ ތަރުޖަމާނުވަނީ ބުނެފައެވެ. އެގޮތުން ފަސް މަތިންދާ ބޯޓު ވައްޓާލާފައިވަނީ ރެއިން ފެށިގެން ރަޝިޔާއިން ހަމަލާތަކެއް ދިނުމަށް ރާވަމުން އަންނާތީ ކަމަށްވެސް އޭނާ ބުންޏެވެ. އޭނާ ބުނެފައިވަނީ ރަޝިއާގެ ސިފައިން އަންނަނީ ވެރިރަށް ކިއެވް އާއި ކާޚިވް ހިފުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ކަމަށެވެ.
https://twitter.com/porcumali/status/1498585902607740930
ޔޫކްރެއިން އިން ވަނީ، މީގެ ކުރިންވެސް ރަޝިޔާގެ މަތިންދާ ބޯޓުތަކެއް ވައްޓާލާފައިވާ ކަމަށް ބުނެފައެވެ.
ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާތަކެއް ދެމުން އަންނައިރު، ޔޫކްރެއިން އިންވެސް ދަނީ ރަޝިޔާއަށް ހަމަލާތައް ދެމުންނެވެ. އަދި ގައުމު ދިފާއު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޔޫކްރެއިން އިން ދަނީ ކުރަމުންނެވެ.
ރަޝިޔާއިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތަކުގައި އެގައުމުގެ ގިނަ އަދަދެއްގެ އާންމުން ވަނީ މަރާލާފައެވެ. އަދި ގިނަ ބަޔަކު ޒަޚަމްވެފައިވާއިރު ސިފައިންގެ ގިނަ ބަޔަކުވެސް މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

