ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމ)ގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ސިވިލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ސަން ކުންފުނީގެ ވެރިޔާ ސަން ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
މިއީ ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ސިވިލްކޯޓުން ނެރުނު އަމުރެކެވެ. ސަން ޓްރެވެލް އިން ހިލްޓަންއަށް 28 މިލިޔަނަށްވުރެ ގިނަ ޑޮލަރު ދައްކަން ޖެހިފައިވީނަމަވެސް އެފައިސާ ނުދެއްކި މައްސަލައެވެ.
މައުލޫމާތުލިބޭ ގޮތުގައި މިމައްސަލައިގައި ސިޔާމްގެ އިތުރުން އޭނަގެ އަނބިކަނބަލުން އައިޝަތު ފާއިޒްގެ ޕާސްޕޯޓްވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާލާފައެވެ.
ސިޔާމްގެ މައްޗަށް އުފުލާފައިވާ މި މައްސަލާގައި ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރަންވެސް ސިވިލް ކޯޓުން ކުރިން ޢަމުރެއް ނެރެފައިވެއެވެ.
އިރުފުށި ރިސޯޓް ހިންގަން ހިލްޓަންއާ އެކު ހެދި އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކޮށްފައިވަނީ 2013ވަނަ އަހަރުގައެވެ.

