އަމިއްލަ ފަރާތަކާއި އެއާޕޯޓެއް ހަވާލު ކުރުމަކީ އަތޮޅުގެ އިޤްދިސާރު ކުރިއަރާނެ ކަމެއް ކަމަށް ކުރީގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވުމަކީ އަތޮޅުގެ ރައްޔިތުންނަށް ކުރެއްވި ބޮޑު މަލާމާތެއް ކަމުގައި ރީޖަނަލް އެއަރޕޯޓްސްގެ ސައުތު ރީޖަނަލް ޑައިރެކްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވީ، ކާޑެއްދޫ އެއަރޕޯޓު ގާސިމް އިބްރާހިމްގެ ކުންފުންޏާއި ހަވާލު ކުރުމާއި ގުޅިގެން އަބުޅޯ ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން ސައުދުﷲ ވިދާޅުވީ، އަމިއްލަ ފަރާތަކަށް އެއަރޕޯޓެއް ދިނުމަކުން އަދި އިޤްތިސާދެއް ރަގަޅެއް ނުވާނެ ކަމަށާއި، އެހެން ވިދާޅުވުމަކީ އަމިއްލަ ރައްޔިތުންނަށް ކުރި ބޮޑު މަލާމާތެއް ކަމަށެވެ.
ތަނެއްގެ އިގްތިސާދު ރަގަޅުވެގެންދާނީ އެތަނެއްގައި ހިންގާ އިކޮނޮމިކް އެކްޓިވިޓީސްތަކެއްގެ ސަބަބުން. އެފަދަ ވާހަކަތައް ދައްކަވަނީ އިގްތިސާދުގެ ބޭސިކް ނޭގޭތީ. އެގޮތަށް ވިދާޅުވުމަކީ ރައްޔިތުންނަށް ކުރާ ވަރަށް ބޮޑު ޖެއްސުމެއް. މީގެ ކުރިންވެސް އެބޭފުޅުން މެމްބަރު ކަމުގައި ތިއްބެވި އިރުވެސް ގާސިމްއާއި ކާޑެއްދޫ އެއަރޕޯޓު ހަވާލުކުރި. އިގްތިސާދީ ގޮތުން ކޮންކަމެއްތޯ ކުރިއަރާފައި ވަނީ. ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ސައުދުﷲ ވިދާޅުވިއެވެ.
ސައުދުﷲ ވިދާޅުވީ، ކާޑެއްދޫ އެއަރޕޯޓު ގާސިމް އިބްރާހިމްގެ ކުންފުނި ވިލާއާއި ހަވާލުކުރުމަކީ އަދި އެތަން ތަރައްގީވެ އެކަމުގެ ފައިދާ އަތޮޅުގެ ރައްޔިތުންނަށް ކުރާނެ ކަމެއް ކަމަށާއި، އިގްތިސޯދު ކުރިއަރާނެ ކަމަށް ބަޔަކު މީހުން ވާހަކަ ދެއްކުމަކީ އެއީ ސީދާ ތަރައްގީ އަދި އިގްތިސާދަކީ ކޯއްޗެއްކަން ނޭނގި ތިބެ ދައްކަމުންދާ ވާހަކަތަކެއް ކަމަށެވެ.

