ޔޫކްރެއިން އަށް ރަޝިޔާއިން ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ރަޝިޔާއަށް އެކި ގައުމުތަކުން އަޅަމުންގެންދާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އެމެރިކާގެ ވައިގެ ބަނދަރު ރަޝިއާއަށް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޖޯއި ބައިޑަން ވިދާޅުވެއްޖެއެވެ.
މިކަމާގުޅޭގޮތުން ހައުސް ޗެމްބާގައި ވާހަކަ ދައްކަވަމުން ޖޯއި ބައިޑަން ވިދާޅުވީ، ޔޫކްރެއިންއަށް ރަޝިޔާއިން އަރައިގަނެ ހަނގުރާމަ ކުރަމުންދާތީ ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާނެ ކަމަށާއި، ބައިނަލްއަގްވާމީ މާލީ މުއާމަލާތްތައް ފަސޭހަކަމާއެކު ހިންގުމަށް ބޭނުންކުރާ ސްވިފްޓް ނިޒާމުން، ރަޝިޔާގެ ބައެއް ބޭންކުތައް ބޭރުކުރާނެ ކަމަށެވެ.
ސްވިފްޓްއަކީ ދޭދޭ ގައުމުތަކުގެ މެދުގައި ފައިސާގެ މުއާމަލާތުތައް ހިންގުމަށާއި ބައިނަލްއަގްވާމީ ވިޔަފާރިތަކުގައި އެއް ގައުމުން އަނެއް ގައުމުގެ ބޭންކަށް ފައިސާ ފޮނުވުމުގައި ފަސޭހަ ނިޒާމެކެވެ.
މި ނިޒާމުން ރަޝިއާގެ ބައެއް ބޭންކުތައް އެކަހެރި ކުރަން ނިންމި ގައުމުތަކުގެ ތެރޭގައި ފްރާންސް، ޖަރުމަނު، އިޓަލީ، އިނގިރޭސި ވިލާތް ފަދަ ގައުމުތައް ހިމެނެއެވެ. އެ ނިޒާމު ބޭނުން ނުކުރެވޭ ގޮތް ހެދުމުން، ރަޝިއާގެ ވަރަށް ގިނަ ވިޔަފާރި ކުންފުނިތަކަށް ގެއްލުން ލިބޭނެއެވެ.

