ގދ ތިނަދޫ ގައި ހުންނަ އަބޫބަކުރު ސްކޫލުގެ ދަރިވަރުންނަށް ގެވެށި މަަސައްކަތް ދަސްކޮށްދޭން ފަށައިފި
ސްކޫލްގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ވަކިވަކި ކްލާސްތަކެއްގެ ގޮތުގައި މިއަދު ފެށި މި ޕްރޮގްރާމާއި ބެހޭގޮތުން ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން އަބޫބަކުރު ސްކޫލް ހިންގެވުމާއި އަލަށް ޙަވާލުވެ ހުންނެވި ޕްރިންސިޕަލް މުހައްމަދު އަޖީބް ވިދާޅުވީ މިޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންގަވައިގެން ފެއްޓި ޕްރޮގްރާމެއް ކަމަށާއި މުޅި އަހަރަށް ރާވާލައިގެން ކުރިއަށްދާ ގެންދާ މި ޕްރޮގްރާމް ގައި ދަރިވަރުންނަށް ގޭގައި ކުރަން އެނގުން މުހިއްމު ހުރިހާ މަސައްކަތެއްގެ އިތުރުން މުޖުތަމަޢުއަށް ފައިދާ ހުރި މަސައްކަތްތަކުގެ ތެރެއިން ސްކޫލް ދަރިވަރުންނަށް ކުރެވިދާނެ މަސައްކަތް ދަސްކޮށް ޢަމަލީ ގޮތުން ބައިވެރި ކުރެވޭނެ ކަމަށެވެ.

އަބޫބަކުރު ސްކޫލް އިން އިފްތިތާޙް ކުރި "ޑޮމެސްޓިކް އާރޓް" ޕްރޮގްރާމްގެ ތެރެއިން – ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު
އަބޫބަކުރު ސްކޫލް ގައި މިއަދު ކުރިޔަށް ދިޔަ ހަރަކާތްތައް ނޫސްވެރިންނަށް ދައްކާލުމަށްފަހު އިތުރަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް އަޖީބް ވިދާޅުވީ މިއަހަރުގެ ތެރޭގައި ދަރިވަރުން ދަސްކުރާ މަސައްކަތްތަކަށް ޚާއްސަ އެވޯރޑެއް އަންނަ އަހަރު ދެވޭނެ ކަމަށާއި ދަރިވަރުން ކުރާ ހުރިހާ މަސައްކަތެއް ވެސް ބަރާބަރަށް ރެކޯޑު ކޮށް ބެލެހެއްޓަމުން ދާނެ ކަމަށެވެ.

އަބޫބަކުރު ސްކޫލް އިން އިފްތިތާޙް ކުރި "ޑޮމެސްޓިކް އާރޓް" ޕްރޮގްރާމްގެ ތެރެއިން – ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު
"މި ޕްރޮގްރާމް ގެ އަސްލު ބޭނުމަކީ ދަރިވަރުންނަށް ގޭގެޔާއި އެއްބަޔަކު އުޅޭ މުޖުތަމަޢުގައި ޒިއްމާ ދާރު ކަމާ އެކު ފަންނީ ގޮތުން މަސައްކަތް ކުރަން ދަސްކޮށް އެކަމަށް އަހުލުވެރި ކުރުން" އަބޫބަކުރު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަޖީބް ވިދާޅުވިއެވެ.

އަބޫބަކުރު ސްކޫލް އިން އިފްތިތާޙް ކުރި "ޑޮމެސްޓިކް އާރޓް" ޕްރޮގްރާމްގެ ތެރެއިން – ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު
ޕްރިންސިޕަލް ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ބެލެނިވެރިންގެ ފަރާތުން ވަރަށް އެއްބާރުލުމެއް ލިބެމުންދާކަމަށާއި އެކަމުގެ އަގު ޝުކުރުވެރި ކަމާއެކު ފާހަގަކުރާ ކަމަށެވެ.

އަބޫބަކުރު ސްކޫލް އިން އިފްތިތާޙް ކުރި "ޑޮމެސްޓިކް އާރޓް" ޕްރޮގްރާމްގެ ތެރެއިން – ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު
ސަރުކާރުން ފެށި މި ޕްރޮގްރާމާއި ގުޅިގެން އަބޫބަކުރު ސްކޫލްގެ ބެލެނިވެރިއަކު ބުނީ މިއަދު ކުދިންނަށް ފެށި ޚާއްސަ ޕްރޮގްރާމެއްގެ ސަބަބުން ހީނުކުރާހާ ބޮޑު ބަދަލެއް އަންނާނެ ކަމަށާއި މައިންބަފައިން އެހީތެރިވުމާއި ރަށު ތެރޭގައި އުޅޭ އުޅުމަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

އަބޫބަކުރު ސްކޫލް އިން އިފްތިތާޙް ކުރި "ޑޮމެސްޓިކް އާރޓް" ޕްރޮގްރާމްގެ ތެރެއިން – ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު
މިއަދު ކުރިއަށް ދިޔައީ ކެއްކުމުގެ ބައެއް. ހަރަކާތް ހިގަމުން ދިޔައިރު ހިތަށްއެރި އަސްލު އެއީ ދަރިފުޅު ލައްވާ ކުރެވިދާނެ ކަމެކޭ. ބޭނުން ވަނީ އެހީވުން. އިރާދަ ކުރެއްވިއްޔާ މި ޕްރޮގްރާމަށް އަޅުގަނޑުމެން ވަރަށް އެއްބާރުލުން ދޭނަން. – ބެލެނިވެރިޔާ ބުންޏެވެ.

އަބޫބަކުރު ސްކޫލް އިން އިފްތިތާޙް ކުރި "ޑޮމެސްޓިކް އާރޓް" ޕްރޮގްރާމްގެ ތެރެއިން – ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު
400 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ އަބޫބަކުރު ސްކޫލްގައި މިއަދު ފެށި ގެވެހި މަސައްކަތް ދަސްކުރުމުގެ ޕްރޮގްރާމްގައި އެސްކޫލްގެ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ. އަދި މިކަމުގައި ދަރިވަރުންނަށް އެހީވުމުގައި ހުރިހާ މުދައްރިސުންނާއި ބައެއް ބެލެނިވެރިން ޙަރަކާތްތެރިވެފައިވެއެވެ.

އަބޫބަކުރު ސްކޫލް އިން އިފްތިތާޙް ކުރި "ޑޮމެސްޓިކް އާރޓް" ޕްރޮގްރާމްގެ ތެރެއިން – ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު
އަބޫބަކުރު ސްކޫލްގެ އިތުރުން ތިނަދޫ ސްކޫލް ގައި ވެސް ވަނީ ނިމިދިޔަ މަހުގެ ތެރޭގައި މި ޕްރޮގްރާމް ހޯމް ސައިންސްގެ ނަމުގައި ފަށާފައެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ކުރިއަށް ގެންދާ މި ޕްރޮގްރާމް އަކީ މިދިޔަ އަހަރު ތައާރަފު ކޮށް ކުރިއަށް ގެންދިއުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ކުރިޔަށްގެންދިއުމަށް އަންގަވާފައިވާ ޕްރޮގްރާމެކެވެ.

