ސޯޝަލް މީޑިއާގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރަޝިޔާގެ ވިޔަފާރިވެރިޔާ އެލެކްސް ކޮނަންޚައިން ވަނީ ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ހައްޔަރުކޮށް އޭނާގެ ބޯ ގެންނަ ފަރާތަކަށް 1،000،000 (އެއް މިލިޔަން) ޑޮލަރުގެ ފައިސާގެ އިނާމެއް ހުށަހަޅުއްވާފައެވެ.
މިފަދަ މެސެޖެއް ވިޔަފާރިވެރިޔާ، ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވަނީ، ރަޝިޔާއިން ޔޫކްރެއިންއަށް އަރައި ތަފާތު ހަމަލާތަކެއް ބަދަލުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. ލިންކްޑްއިންގައި ކޮށްފައިވާ މި ޕޯސްޓަކީ، ޕޫޓިންގެ ފޮޓޯއަކާއި "ވޯންޓެޑް: ޑެޑް އޯލައިވް" ފަދަ ބަސްތައް ހިމެނޭ ފޮޓޯއަކާއެކު ކޮށްފައިވާ ޕޯސްޓެކެވެ. އަދި ވްލަޑިމިއަރ ޕޫޓިން އަކީ މީހުން މެރުމުގެ ކުށް ސާބިތުވާ މީހެއްކަމުގައި ބުނެފައި ވެއެވެ.
ލިންކްޑްއިންގައި ކޮނަންޚައިން ލިޔުއްވާފައިވާ ގޮތުގައި "ރަޝިއާ އާއި ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި ޕުޓިން ހައްޔަރުކޮށް، އެމީހުންގެ ދުސްތޫރީ ވާޖިބަށް ފުރިހަމައަށް ބޯލަނބައި، ހައްޔަރުކުރާ އޮފިސަރަށް (އޮފިސަރަކަށް) 1،000،000 (އެއް މިލިޔަން) ޑޮލަރު ދޭނެ ކަމަށް ވައުދުވަން،" ލިންކްޑްއިންގައި ކޮނަންޚައިން ލިޔުއްވާފައިވެ އެވެ.
"ރަޝިއާގައި އެޕާޓްމަންޓް ބިލްޑިންގްތައް ގޮއްވާލުމަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ނަތީޖާއެއްގެ ގޮތުން ވެރިކަމަށް ވަޑައިގެންނެވި ޕުޓިން އަކީ ރަޝިއާގެ ރައީސެއް ނޫން، ދެން މިނިވަން އިންތިޚާބެއް ނައްތާލައި، އޭނާގެ ވާދަވެރިން މަރާ، ގާނޫނު އަސާސީއާ ހިލާފުވި." މިފަދައިން އޭނާގެ ޝުޢޫރު ހާމަކޮށްފައި ވެއެވެ.
ރަޝިޔާ ނަސްލުގެ މީހަކަށް ވެފައި، ރަޝިޔާގެ ރައްޔިތެއްގެ ހައިސިއްޔަތުން، ރަޝިޔާގެ ނާތަހުޒީބު ކަން ތަކަށް މަގުފަހި ކުރުން ހުއްޓުވުމަކީ އޭނާގެ އަޚްލާޤީ ވާޖިބެއް ކަމުގައި ދެކޭކަމުގައި ކޮނަންޚައިން ބުނެފައި ވެއެވެ. ޕުޓިން އޮޕަރޭޓް ކުރާ ނުރައްކާތެރި ގޭންގެއް ފަދަ ސިފައިން، މެދުވެރިކޮށް، ރަޝިޔާއިން ޔޫކުރެއިންއަށް ދެމުންދާ ހަމަލާއިން އަރައިގަތުމަށް ޔޫކްރެއިންއިން ކުރަމުންދާ ހިތްވަރުގަދަ މަސައްކަތުގައި ޔޫކްރެއިންއަށް ދެމުން އަންނަ އެހީތެރިކަން ދިނުން ކޮނަންޚައިން ކުރިއަށް ގެންދާނެކަންވެސް އިތުރަށް ހާމަކޮށްފައި ވެއެވެ.

އެލެކްސް ކޮނަނިޚީން އަކީ ކާކު؟
ވޮޝިންޓަން ޕޯސްޓުގައި 1996 ވަނަ އަހަރު ލިޔެފައިވާ އާޓިކަލެއްގައިވާ ގޮތުން އެލެކްސް ކޮނަންޚައިން ވަނީ ސްޓޫޑެންޓް ކޮންސްޓްރަކްޝަން ކޯޕަރޭޓިވްއެއް އުފައްދައި އެ ކޯޕަރޭޓިވް ހުޅުވުމުގެ ކުރިން މޮސްކޯ އިންސްޓިޓިއުޓް އޮފް ފިޒިކްސް އެންޑް ޓެކްނޮލޮޖީއިން ތައުލީމް ހާސިލްކޮށްފައެވެ. ދެން ބޭންކިން އާއި ސްޓޮކް އަދި ރިއަލް އެސްޓޭޓް ފަދަ އެހެން ވިޔަފާރިތަކުން އޭނާގެ ނަން ފާހަގަކޮށްލެވެއެވެ.
1992 ވަނަ އަހަރު ބިޒްނަސް އެމްޕަޔަރއަކާއެކު އޭނާގެ ކުންފުނިތަކުގެ އަގު ގާތްގަނޑަކަށް 300 މިލިއަން ޑޮލަރަށް އަރާފައި ވެއެވެ. އޭނާއަކީ އެ އަހަރު ރަޝިއާގެ އޭރުގެ ރައީސް ބޮރިސް ޔެލްޓްސިން ވޮޝިންޓަނަށް ވަޑައިގެންނެވި ފުރަތަމަ ވަފުދުގައި ވެސް ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.

