އައްޑޫ ސިޓީގައި ދުއްވަމުން ދިޔަ ކާރެއް ފުރޮޅާ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މައުލޫމާތު ލިބުނު ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނި އައްޑޫސިޓީ ހިތަދޫ ހިރާ ސްކޫލް ސަރަހައްދުން ލިންކު ރޯޑުގައެވެ. ބާރު ސްޕީޑެއްގައި ދުއްވަމުން ދިޔަ ކާރު ކޮންޓްރޯލް ނުކުރެވި ގޮސް ކާރު ފުރޮޅާލީއެވެ. އަދި އެދިމާ މޫދަށް ކާރު ވެއްޓުނީއެވެ. އެވަގުތު ކާރުގައި 4 މީހުން ތިބިކަމަށް މައުލޫމާތު ލިބެއެވެ.
ކާރު ދުއްވަން އިން މީހާއަށް މިއެކްސިޑެންޓުގައި ސީރިޔަސް އަނިޔާތަކެއް ލިބިފައިވާއިރު އޭނާއަށް ދަނީ އައްޑޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ދެން ތިބި ތިން މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އެމީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އަނިޔާތަކުގެ ތަފްސީލް ހޮސްޕިޓަލުން އަދި ހާމަކޮށްފައި ނުވެއެވެ.
އެކްސިދެންޓް ހިނގާދިޔަ ސަރަހައްދު މިހާރުވަނީ ބަންދުކޮށްފައެވެ. އަދި އެސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

