ފޭސްބުކް އަދި ޓްވިޓާ ރަޝިޔާގައި ބޭނުން ނުކުރޭ ގޮތަށް ނިންމައިފިއެވެ.
ރަޝިއާގެ މީޑީއާ ރެގިއުލޭޓް ކުރާ އިދާރާއިން ބުނެފައިވަނީ ރަޝިޔާގައި މިދެމީޑިޔާ ބްލޮކް ކޮށްފައިވަނީ އެޤައުމުގެ ރައްޔިތުންނަށް އެހެން ޤައުމަކުން ހަގުރާމައާ ގުޅޭ މައުލޫމާތު ނުލިބޭ ގޮތް ހެދުމަށް ކަމަށެވެ.
މީޑީޔާ ރިޕޯޓްތައް ހާމަކަުރާ ގޮތުގައި ރަޝިޔާއިން މިފަދަ ބޮޑު ފިޔަވަޅެއް އަޅަން ޖެހުނީ އެމީޑިޔާ ތަކުން ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާތީއެވެ.
ޔުކްރެއިނާއި ދެކޮޅަށް ރަޝިޔާއިން ކުރާ ހަނގުރާމައިގައި ގިނަ ޤައުމުތަކުން ދަނީ ރަޝިޔާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުންނެވެ.
މިހަނގުރާމައާ ބެހޭގޮތުން ދޮގު މައުލޫމާތް ފަތުރާނަމަ ޖާނަލިސްޓުންނަށް 15 އަހަރު ދުވަހުގެ ޖަލު ހުމެއް އަންނަ ވަރުގެ އަދަބެއް ދިނުމަށް ރަޝިއާއިން ވަނީ ނިންމާފައެވެ.
ގަދަފަދަ ހަމަލާތަކާއެކު ރަޝިޔާއިން ދަނީ ޔުކްރެއިންގެ ރަށްތައް ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންނަމުންނެވެ. އެގޮތުން މިހާރު ޔުކްރެއިންގެ ސިޓީއެއް ކަމަށްވާ ޚާސަން އިތުރުން، ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއާ ޕަވަރ ޕްލާންޓު ހުންނަ ޔޫކްރޭނުގެ އެނާހޮޑާ ސިޓީ އަދި ޔުކްރެއިންގެ ސުމީގައި އޮންނަ ޓްރޮސްޓީއަނެޓްސް ނަމަަކަށް ކިޔާ ސިޓީ ވަނީ ރަޝިޔާ ސިފައިންގެ ކޮންޓްރޯލްގައެވެ. ރަޝިއާ ސިފައިން ވަނީ އެ ސިޓީގެ އެމްބިއުލާންސް ސްޓޭޝަންތަކުގެ ކޮންޓްރޯލްވެސް ނަގާފައެވެ.
އެހެންކަމުން ހަނގުރާމައިގައި ޒަޚަމްވާ ޔުކްރެއިން މީހުންނަށް ފަރުވާ ދިނުމަށް ޑޮކްޓަރުންނަށް ނުދެވޭގޮތަށް ރަޝިޔާ ސިފައިން ތިބީ އެތަން ހިފައިގެންނެވެ. އެހެންނަމަވެސް ޒަޚަމްވާ ކުޑަކުދިންނަށް ފަރުވާ ދިނުމުގެ ހުއްދަ ވަނީ ދެވިފައެވެ.

